Saturday, October 31
ފަލަސްޠީނުގެ މިނިވަންކަމަށް 36 އަހަރު ފުރުމާ ގުޅިގެން ޑރ.ޚަލީލު ތަހުނިޔާ ވިދާޅުވެއްޖެ

ފަލަސްޠީނުގެ މިނިވަންކަން އިއުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުالله ޚަލީލް، ފަލަސްޠީނުގެ ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު މުޞްޠަފާއަށް ތަހުނިޔާ ވިދާޅުވެ މިއަދު މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖުގައި ވަނީ ފަލަސްޠީނުގެ މިނިވަންކަން އިއުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފަލަސްޠީނުގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މީގެއިތުރުން މިނިސްޓަރުގެ މެސެޖުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ފަލަސްޠީނުގެ މައްސަލައަށް އެއްބާރުލުން ދިނުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ

ފަލަސްޠީނުގެ މިނިވަންކަން އިޢުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެސް ވަނީ އެ ގައުމުގެ ރައީސް، ޑޮކްޓަރު މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު މުސްޠަފާއަށް ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސް މެސެޖުގައި ވެސް ވަނީ ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްޠީނަށް ލިބެމުންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެއިތުރުން 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްޠީނުގެ މިނިވަން އަދި އިސްތިގުލާލީ ދައުލަތަކަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނުގެ ދެއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު