އާދިއްތަ, November 1
ވޭތުވެދިޔަ ހަފުތާގައި ބަލި މީހުން އުފުލުމަށް ސީ އެމްބިއުލާންސްގައި 36 ދަތުރު

ވޭތުވެދިޔަ ހަފުތާގައި ބަލި މީހުން އުފުލުމަށް ސީ އެމްބިއުލާންސްގައި 36 ދަތުރުކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން މިރޭ ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފްއިން ބުނީ ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން ވަނީ ސިއްހީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 36 މެޑިކަލް އިވެކުއޭޝަން ހަދައިދީފައި ކަމަށެވެ.

މިގޮތުން ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން 15، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން 5، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން 7، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން 9 ދަތުރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިދިޔަ މާޗު މަހުގެ 01 ވަނަ ދުވަހު ވަނީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ވެސް ފަށައިފައެވެ.

އެންމެ ފުރަތަމަ އެ ޚިދުމަތް ފެށީ ޑޭޝް8-200 މަރުކާގެ މަތިންދާ ބޯޓު ބޭނުން ކޮށްގެންނެވެ. އެއަށްފަހު މި ޚިދުމަތަށް ވަނީ ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުބާރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓަރ ސީ ޕްލޭނެއް އިތުރުކޮށްފައެވެ.

މި ސީޕްލޭންގައި ރާއްޖޭގެ ރަށްތަކަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބުމުގެ އިތުރުން ޒަމާނީ އިމަޖެންސީ މެޑިކަލް ވަސީލަތް ހަރުކުރެވިފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު