Monday, November 16
ޝަރީޢަތް ނިމެންދެން މަންޑޭގެ މުދާތައް ހިފަހައްޓަން ކޯޓުން އަމުރުކޮށްފި

ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު، ޙަސަން މަމްދޫޙް (މަންޑޭ)، މަކަރާއި ހީލަތުން ކޭޕާކް ރެސިޑެންސްގެ ފުލެޓުތައް ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ މުދާތައް ޝަރީޢަތް ނިމެންދެން ހިފަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ، މީގެ އަހަރެއް ކުރިން މަންޑޭގެ މުދާތައް ހިފަހައްޓަން ނެރުނު އަމުރުގެ މުއްދަތު ހަމަވާތީ، ޝަރީޢަތް ނިމެންދެން މުދާތައް ހިފަހައްޓަން އަމުރުކޮށްދިނުމަށް އެދިފައެވެ. މަންޑޭގެ ފަރާތުން މި ހުށަހެޅުމަށް އިންކާރުކުރި ކަމުގައިވިޔަސް، ކޯޓުން ވަނީ ދައުލަތުން އެދުނު ގޮތަށް ޝަރީޢަތް ނިމެންދެން މަންޑޭގެ މުދާތައް ހިފެހެއްޓުމަށް އަމުރުކޮށްފައެވެ.

މަކަރާއި ހީލަތުން ހޯދާފައިވާ ކަމަށް ބެލެވޭތީ ހިފަހައްޓާފައިވާ މަންޑޭގެ މުދަލުގެ ތެރޭގައި ކޭޕާކްގެ އެޕާޓްމަންޓުތައް ވިއްކުމަށްފަހު ލިބުނު ފައިސާއިން ގަނެފައިވާ 7.8 މިލިއަން ރުފިޔާގެ އަގުހުރި ޕެންޓްހައުސެއްވެސް ހިމެނެއެވެ. މީގެ އިތުރުން، އެ ޕެންޓްހައުސްގެ ތެރެއިން ލަގްޒަރީ ބްރޭންޑްތަކުގެ އަގުބޮޑު ދަބަހާއި، ގަހަނާގެ އިތުރުން ސެންޓުވެސް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު