އާދިއްތަ, November 1
މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދޭ 48 ތަނެއް މިހާރު ވާނީ ބަންދުކޮށްފައި: ފުލުހުން

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދޭ 48 ތަނެއް ބަންދުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން ބަލަމުންދާ ބައެއް މައްސަލަތަކާގުޅޭ މައުލޫމާތު ހާމަކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން ވިދާޅުވީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދޭ ތަންތަން ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން 48 ތަނެއް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ނާހިދު ވިދާޅުވީ މާލޭގައި މަސްތުވާތަކެތީގެ މުއާމަލާތްތައް އާންމުކޮށް ހިނގަމުންދާ ކަމަށް ފާހަގަކުރެވޭ ތަންތަނުގައި ފުލުހުން ސްޓެޓިކް ޑިއުޓީ ވެސް ކުރަމުންދާ ކަމަށެވެ.

ހަމައެއާއެކު މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނާއި، މަަސްތުވާތަކެތި ހޯދަން ސަލާންޖަހާ މީހުންނާއި، ތަކުރާރުކޮށް ޖިނާއީ ކުށްކުރުމުގައި ހަރަކާތްތެެރިވާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށްޓަކައި ކަމާގުޅުންހުރި މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރުވާގެ ނިޒާމުގެ ތެރެއަށް ވެއްދުމަށް 49 މީހަކު ހަވާލުކޮށްފައިވާ ކަމަށް ނާހިދު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު