އާދިއްތަ, November 1
ހަފުތާ 52 ގެ ކާމިޔާބީތަކާ ގުޅިގެން އާއިލާއާބެހޭ ވުޒާރާއިން އާއިލީ ހަވީރެއް ބާއްވަނީ

ފާއިތުވި އެއް އަހަރުގެ ތެރޭގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއަށް ހާސިލުކުރެވުނު ކާމިޔާބީތައް ރައްޔިތުންނާއި ހިއްސާކުރުމަށްޓަކައި އާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އެ ވުޒާރާއިން މިއަދު ބުނީ ހަފުތާ 52 ގެ ކާމިޔާބީތަކާ ގުޅިގެން "ބަދަހި އާއިލާ - އުފާވެރި މުޖުތަމައު"، މި ޝިއާރުގެ ދަށުން އަންނަ ހޮނިހިރު ދުވަހު ޚާއްސަ އާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ހަވީރު ކުރިއަށްދާނީ އެ ދުވަހު 16:00 އިން 18:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއި ހާމަކޮށްފައިވާ ގޮތުގައި، މި ހަވީރުގެ މަގުސަދަކީ އާއިލީ މާހައުލެއްގައި، އެ ވުޒާރާއިން ފާއިތުވި އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުން ހާސިލުކުރެވުނު ކާމިޔާބީތައް ރައްޔިތުންނާ ހިއްސާ ކުރުމެވެ. އަދި އަންހެނުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އިސްރަށްވެހިންނަށް އަމާޒުކޮށްކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކާއި، އެ ވުޒާރާއިން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

މި އާއިލީ ހަވީރުގައި ތަފާތު ގޭމް ސްޓޯލްތަކާއި، ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން، ތަފާތު މެސްކޮޓްތަކުގެ ހަރަކާތްތައް ޢާއިލީ ހަވީރުގައި ކުރިއަށްދާނެއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން ބުނީ މި އާއިލީ ހަވީރުގައި އެ ވުޒާރާއާއެކު އިސްކޮށް ހަރަކާތްތެރިވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ކަމަށެވެ.

މީގެއިތުރުން އުރީދޫއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓއްރޭޝަން އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިންވެސް މި ހަވީރުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު