Saturday, October 31
ދިއްގަރުގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއް ހުޅުވައިފި

މ. ދިއްގަރު ޞިއްޙީ މަރުކަޒުގައި ޤާއިމުކުރި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް ހުޅުވައިފިއެވެ.

މި ކްލިނިކް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ކްލިނިކް ހުޅުވައިދެއްވުމަށްފަހު މެޑަމް ސާޖިދާ ވަނީ ކްލިނިކް ބައްލަވާލައްވައި، ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ކްލިނިކް ބައްލަވާލެއްވުމަށްފަހު މެޑަމް ސާޖިދާ ވަނީ ދިއްގަރު ޞިއްޙީ މަރުކަޒުގެ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މި ރަސްމިއްޔާތުގައި، ދިއްގަރު ޞިއްޙީ މަރުކަޒުގެ ފަރާތުންނާއި އަދި ދިއްގަރު ކައުންސިލް އިދާރާގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަދިޔާއެއް ވެދުމަށް އަރުވާފައެވެ.

މެޑަމް ސާޖިދާ މ. ދިއްގަރަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު މެންދުރުފަހު މ. ދިއްގަރު ސްކޫލުގައި ބާއްވާ ހަކުރުބަލީގެ ދުވަހުގެ ޚާއްޞަ ހަފްލާ ޝަރަފުވެރިކޮށްދެއްވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު