އާދިއްތަ, November 1
މިހާތަނަށް 5000 ބިދޭސީން ޑީޕޯޓް ކޮށްފައިވޭ: މިނިސްޓަރ އިހުސާން

ޤަވައިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހިންގަމުން އަންނަ ހާއްސަ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް އެކި މައްސަލަތަކުގައި 5000 ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ޕީ.އެސް.އެމް.އިން ރޭ ގެނެސްދީފައިވާ "ހަފްތާ 52" ޕޮރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ޤަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށް 48 ގަޑިއިރު ތެރޭގައި ޑީޕޯޓް ކުރެވޭ ނިޒާމެއް މިހާރު ވަނީ ޤާއިމު ކޮށްފައެވެ.

ޑީޕޯޓް ކޮށްފައިވާ ބިދޭސީންގެ ތެރޭގައި ސައްހަ ވިސާނެތި އުޅޭ ބިދޭސީންނާއި ވައްކަމާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ ބިދޭސީންގެ އިތުރުން ޤަވައިދާއި ހިލާފަށް ބޮޑެތި އަދި ކުދި ވިޔަފާރި ކުރާ ބިދޭސީންނާއި އެކި ކަހަލަ ކުށްތަކަށް އަރައި ގަންނަމުން އަންނަ ބިދޭސީން ހިމެނެއެވެ.

ރާއްޖޭގެ 138 ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވެފައިވަނީ މިހާތަނަށް 10،000 އަށްވުރެ ގިނަ ބިދޭސީންންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި އަންނަ އަހަރުގެ އޭޕްރީލްގެ ނިޔަލަށް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގައި ނިމޭނެ ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް، މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ބިދޭސީން މަސައްކަތް ކުރާ ތަންތަނާއި ދިރިއުޅޭ ތަންތަން ބަލައި ފާސްކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު