އާދިއްތަ, November 1
އަހަރެއްގެ ތެރޭގައި 183 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފައި: މިނިސްޓަރު އިޙްސާން

މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 17 އިން ފެށިގެން މި އަހަރުގެ މިހާތަނަށް 183 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ "ހަފްތާ 52" ގެ ނަމުގައި ޕީއެސްއެމްއިން ރޭ ގެނެސްދިން ޚާއްސަ ޕެނަލެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓްރ ވިދާޅުވި ގޮތުގައި މިހާތަނަށް އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ އަގު ގާތްގަނޑަކަށް 333 މިލިޔަން ރުފިޔާއަށް އަރައެވެ.

މިހާތަނަށް މިނިސްޓްރީން ކުރިޔަށް ގެންގޮސްފައިވާ މަސައްކަތްތައް ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ޖަލު ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުމާއި ސްކޭމް ކޯލްތައް ހުއްޓުވުމަށްޓަކައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ޖަލު ބަލަހައްޓާ ބައެއް އޮފިސަރުން ހޯދާ އެމީހުނަށް ވަނީ ފިޔަވަޅު އަޅާފައެވެ.

މިއީ ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ ޖެހިލުންކުޑަ ނިންމެވުމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވެފައިވަނީ މިހާރުވެސް ޖަލުގައި ސްކޭމް ކޯލްތައް ކުރަމުންދާ މީހުން އަތުލައިގަނެ ޖަލުތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަކަމަށެވެ.

އަދި މީގެ އިތުރުން މަސްތުވާތަކެއްޗާއި ގޭންގު ކުއްތަކަށް ދާއިމީ ހައްލެއް ހޯދުމަށް މިހާރު އޮތް ޤާނޫނުގައި ހުރި މައްސަލަތައް ބަލައި އެ މައްސަލަތައް އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ކަންކަމުގެ ބިލެއް ޑްރާފްޓްކޮށްފައިވާ ކަމަށާއި އެ ބިލް މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ ތެރެއިން 500 ގްރާމް އަށްވުރެ އިތުރަށް އެތެރެކުރާ މީހާއަށް މަރުގެ އަދަބު ކަނޑައަޅާ އިސްލާހުވެސް މި ބިލުގައި ހިމަނާފައިވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު