Saturday, October 31
ކޮރަޕްޝަން ހިންގާ މީހުންނަށް ހައްގު އަދަބުދޭންޖެހޭ، ނޫނީ ދުވަހަކު ވެސް ގައުމު އަރައިގަންނަ ގޮތެއް ނުވާނެ: ސަޢުދުﷲ

ވައްކަންކުރާ މީހުންނާއި، ކޮރަޕްޝަން ހިންގާ މީހުންނަށް
އެކަށީގެންވާ އަދަބުދީ، އެ މީހުން އެ ނަގާ ފައިސާތައް ދިވެހި ދައުލަތަށް ނަގައިގެން ނޫނީ ދުވަހަކު ވެސް ގައުމު އަރައިގަންނަ ގޮތެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުالله ޙިލްމީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ވާހަކަ ދައްކަވަމުން ސަޢުދުﷲ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހި މާލިއްޔަތުން ވަގަށް ފައިސާ ނަގައި، އިސްރާފު ކޮށްފައިވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް، އެ މީހުންނަށް ހައްގު އަދަބުދީ އެ މީހުން ވައްކަންކުރި ފައިސާ ދިވެހި ދައުލަތަށް ހޯދަންޖެހޭ ކަމަށެވެ.

އެހެންނޫނިއްޔާ ދުވަހަކު ވެސް ގައުމު އަރައިގަންނާނެ ގޮތެއްނުވާނެ ކަމަށް ސަޢުދުﷲ ވިދާޅުވިއެވެ.

ވައްކަންކުރާ މީހުންނާއި އަދި ކޮރަޕްޝަން ހިންގާ މީހުންނަށް އެކަށީގެންވާ އަދަބު ދެވި، އަދި އެ މީހުން އެ ނަގާ ފައިސާތައް ދިވެހި ދައުލަތަށް ނެގިގެން ނޫނިއްޔާމުން މުސްތަގުބަލަށް ވެސް މީގައި ހައްލެއް އޮންނާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ.

ސަޢުދު ﷲ ވިދާޅުވީ ގައުމު މިހާރު އޮތީ އިނދަޖެހިފައި ކަމަށާއި، އަމިއްލަ ހާލައިގެން ނޫޅެވޭވަރުވެފައި ކަމަށެވެ. އަދި އެހެންވާން ޖެހުނީ ބަޔަކު މި ގައުމަށް ހެދި ގޮތުން ކަމަށާއި، ވައްކަމާއި، ކޮރަޕްޝަނާއި އެހެން ގޮސް އިސްރާފާއި މި ހުރިހާ ކަމެއް ކޮށްފައި ހުރީމާ ކަމަށެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގައި އަދި މަޖިލިސް އިންތިޚާބުގައި އެކި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް އެ މަނިކުފާނަށް ފުރުސަތު ދޭންޖެހޭ ކަމަށް ސަޢުދުﷲ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު