އާދިއްތަ, November 1
މަސްތުވާތަކެއްޗާއެކު ގާދިއްފުށިން މީހަކު ހައްޔަރުކޮއްފި

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ތ.ތިމަރަފުށީ ޕޮލިސްޓޭޝަނާއި، ތ.ގާދިއްފުށީ ޕޮލިސް ޕޯސްޓް އަދި އިންޓެލިޖެންސް ގުޅިގެން މިރޭ ގާދިއްފުށީގައި ހިންގި އޮޕަރޭޝަނެއްގައި 20 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަންބަރ ދރ 1344، ޙުސައިން ޞަހާފް ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން، ގާދިއްފުށީގައި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި 32 ކަރުދާސްކޮޅު ވަނީ އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައެވެ. އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި އަޅާފައިހުރި ފިލްމު ހުސްކުރި ތިން ދަޅު ވަނީ އޭނާ ދިރިއުޅޭ ގޯތިތެރޭގައި ވަޅުލާފައި ހުއްޓާ ފެނިފައެވެ.

މި މައްސަލައާއި ގުޅިގެން ކޯޓުން ވަނީ 15 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ތިމަރަފުށީ ޕޮލިސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު