Saturday, October 31
"ސައިބަރ އެކްސްޕޯ 2024" ވެބްސައިޓް އިފްތިތާހުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާއި ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނިލޮޖީ (އެން.ސީ.އައި.ޓީ.) ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ '"ސައިބަރ އެކްސްޕޯ 2024"' ގެ ވެބްސައިޓް ރޭ އިފްތިތާހުކޮށްފިއެވެ.

ރޭ އިސްކަންދަރު ބިލްޑިންގ ބޭއްވި ރަސްމިއްޔާތުގައި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގައި ސައިބަރ ސްޕޭސްގެ ހާލަތު މިހާރު އޮތް ގޮތާއި އަމިއްލަ ވިޔަފާރިތަކަށްވެސް ތްރެޓްސް އަންނަވަރާއި މި އަހަރުވެސް އެކި އިދާރާތަކަށް ސައިބަރ ތްރެޓްސް އައި މިންވަރު ބަލައި ޤައުމީ ލެވެލްގައި މުޅި ސައިބާރ ސްޕޭސް މެނޭޖު ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި ހުރިހާ މަސައްކަތެއްވެސް ޑިޖިޓަލްކޮށް ކުރަމުންދާ ޒަމާނެއްގައި މި މުޖުތަމައުގެ ހާލަތަށް ބަލާއިރު ސައިބަރ ކްރައިމްގެ ކުށްތަށް ހުއްޓުވުމަކަށް ގެންނަން ޖެހޭކަންވަނީ ފާހަގަ ކޮށްފައެވެ. އަދި މި މުޖުތަމައުގައި ފަރުދުން ސައިބަރ ކްރައިމްގެ ސިކާރަޔަކަށް ވަމުންދާއިރު މިކަމުގެ ސަބަބުން ދިރިއުޅުމުގައި އުފުލަންޖެހޭ ތަކުލީފުތައް ބޮޑުކަން ވަނީ ފާހަގަކޮށްފައެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސްއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލްގެ އިތުރުން ފުލުހުންގެ ބައެއް އޮފިސަރުންނާއި އެހެނިހެން ބައެއް މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަންނަ ޑިސެމްބަރ މަހު 10 އިން 13 އަށް '"ސައިބަރ އެކްސްޕޯ 2024"' ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުގެ ފަރާތުން ބުނެފައެވެ. ނަމަވެސް މި އެކްސްފޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންތާކު ކަމެއް އަދި ނުބުނެއެވެ.

ފުލުހުން ބުނީ މި އެކްސްޕޯ ވެގެންދާނީ ސަރުކާރުގެ އިދާރާތަކުންނާއި ޕްރައިވެޓް ސެކްޓަރތަކުން މި ދާއިރާގެ ފަންނީ މާހިރުންއެކު މަސްވަރާ ކޮށްލަން ލިބޭނެ އެންމެ ބޮޑު އެއް އެކްސްޕޯ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު