އާދިއްތަ, November 1
65 އަހަރު ވުމުންދޭ އިނާޔަތް ދިނުމުގައި ބަދަލުތަކެއް ގެންނަނީ

ދައުލަތުގެ ޚަރަދު ކުޑަ ކުރުމަށް ސަރުކާރުން މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން 65 އަހަރު ވުމުންދޭ 5000 ރުފިޔާގެ އިނާޔަތް  ދިނުމުގައި ފޯރުންތެރިކަމަށް ބަލައި މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް އެކަނި ދޭން ސަރުކާރުން މިއަދު ނިންމައިފިއެވެ.

މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ އޭޕްރީލް އިން ފެށިގެން އަލަށް ސްކީމަށް ވަންނަ މީހުންނަށެވެ. މިހާރު މި އިނާޔަތް ލިބޭ އެއްވެސް ފަރާތަކަށް އެލަވެންސް ދިނުން ހުއްޓާނުލާނެކަމުގައި ސަރުކާރުންވަނީ ބުނެފައެވެ.

2025 ވަނަ އަހަރުގެ ބަޖެޓުގައި ދައުލަތުގެ ޕެންޝަންގެ ގޮތުގައި ކުރާ ޚަރަދުތައް އިސްލާހުކުރުން ވަނީ ހިމަނާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު