އާދިއްތަ, November 1
އިޒްރާއީލުގެ ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން އިޒްރާއީލްގެ ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން ސަރުކާރުން ކެބިނެޓް ބައްދަލުވުމެއް ބާއްވައި އިޒްރާއީލްގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމަށް ނިންމަވާފައިވާކަން މި އަހަރުގެ ޖުލައި މަހު ވަނީ އިއުލާން ކޮށްފައެވެ.

ނަމަވެސް މިހާތަނަށް މި މަސައްކަތައް އަމަލީ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

އިޒްރާއީލުން މި ލާއިންސާނީ އަމަލު ހިންގަމުން އަންނަތާ އަހަރަކަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ. އިޒްރާއީލުން ހިންގަމުންގެންދާ ލާއިންސާނީ އަމަލާއި ދެކޮޅަށް އެތައް ޤައުމަކުން އަންނަނީ އަޑުއުފުލައި މި އަނިޔާވެރި އަމަލު ކުއްވެރިކުރަމުންނެވެ. އިޒްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ވަނީ އެތައް ކުޑަކުދިންނަކާއި އަންހެނުންނެއް ޝަހީދު ކޮށްލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު