އާދިއްތަ, November 1
ކޮޮޕް 29 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ.މުޢިއްޒު، އަޒަރުބައިޖާނަށް

29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް 29) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އަޒަރުބައިޖާންގެ ބާކޫއަށް ފުރާވަޑައިގެންފިއެވެ.

ކޮޕް29 ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް، ރައީސް ޑރ. މުޢިއްޒު އަޒަރުބައިޖާނަށް ފުރާވަޑައިގަތީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދައުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސަޢޫދީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައެވެ.

ރައީސް ޑރ. މުޢިއްޒު އަޒަރުބައިޖާނަށް ކުރައްވާ ދަތުރުފުޅުގައި
އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮޮޕް ސަމިޓުގައި ރައީސް ޑރ. މުޢިއްޒު، ދިވެހިރާއްޖޭގެ ފަރާތުން އިއްވަވާ ޚާއްސަ ގައުމީ ބަޔާން އިއްވަވައި، މަތީ ފަންތީގެ އެކިއެކި އިވެންޓްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި ބައެއް ގައުމުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮޕް 29 ބައްދަލުވުމަކީ ރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވައިލުމަށް ފުރުސަތު ލިބޭ ވަރަށް މުހިންމު ބައްދަލުވުމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު