Saturday, October 31
މަސްވެރިންގެ ދުވަހާ ގުޅިގެން އާޓް އެގްޒިބިޝަނެއް ބާއްވަނީ

މި އަހަރު ފާހަގަކުރާ 44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އާޓް އެގްޒިބިޝަނަށް އާޓްވޯކް ހުށަހެޅުމުގެ ފުރުސަތު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ހުޅުވާލައިފިއެވެ.

މިނިސްޓްރީން މިއަދު ބުނީ 44 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ޑިސެމްބަރު 12 އިން ފެށިގެން 14 އަށް މާލޭގައި އާޓް އެގްޒިބިޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އެގްޒިބިޝަނަށް އާޓްވޯކު ހުށަހަޅަން ބޭނުންވާ ފަރާތްތައް މި ލިންކް https://forms.gle/5BBTR3q1Y1SF7XCK6  މެދުވެރިކޮށް ކަމާގުޅޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 21 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އަދި އިރުޝާދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

މިނިސްޓްރީން ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު