Saturday, October 31
މިއަދުގެ ސަރުކާރުން ވައްކަމާއި، ކޮރަޕްޝަނަށް އެއްގޮތަކަށް ވެސް ދުލެއްނުދޭނެ: އަޒާން

މިއަދުގެ ސަރުކާރަކީ ވައްކަމާއި، ކޮރަޕްޝަނަށް އެއްގޮތަކަށް ވެސް ދޫދޭނެ ސަރުކާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤް މިއަދު ވިދާޅުވެއްޖެއެވެ.

އަޒާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނުހައްގު މުއްސަނދިކަން ހޯދުމުގެ
ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

އަޒާން ވިދާޅުވީ މިއީ ވަރަށް މުހިންމު ބިލެއް ކަމަށާއި، މީގެކުރިން އެމްޑީޕީން މި ގާނޫނު ފާސްކޮށްފައި އޮތީ ހަމަ ނަމެއްގައި ކަމަށެވެ.

އަޒާން ވިދާޅުވީ 19 ވަނަ މަޖިލީހުން މި ގާނޫނު ފާސްކުރިއިރު ލިމިޓޭޝަންސްތަކެއް ލާފައިވާ ކަމަށާއި، އެގޮތުން އެއް ކަމަކަށް ނުހައްގު މުއްސަނދިކަން ސާބިތުކުރުމަށްޓަކައި އެއީ ޖިނާއީ ބޮޑު ކުށެއް ކޮށްގެން ހޯދި މުއްސަނދިކަމެއް ކަމަށް ގަބޫލުކުރެވޭ ވަރުގެ ހެކި ހުންނަންޖެހޭ ކަމަށެވެ. ނުހައްގުން މުއްސަނދިވަނީ ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން އެކަންޏެއް ނޫން ކަމަށާއި، އާންމު ގޮތެއްގައި ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނުހައްގުން މުއްސަނދިވަނީ އެ ކެޓަގަރީއަށް ނުފެތޭ ކުށްތައް ކޮށްގެން ކަމަށް އަޒާން ވިދާޅުވިއެވެ.

އެހެންވީމާ، ގަސްތުގައި އެ މަޖިލީހުން އޮތީ ނަމެއްގައި މި ގާނޫނެއް ފާސްކޮށްފައި . ނަމަވެސް، އެއްވެސް ބަޔަކަށް އެ ކުށް ސާބިތުކުރެވޭނެ ގޮތެއް އެ ގާނޫނު މިހާރު އޮތް ގޮތަކުން ނެތް. މިހާރު މި ހުށަހެޅި އިސްލާހުން ކަމާ ބެހޭ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެ.

އަޒާން ވިދާޅުވީ ގާނޫނަށް މި ގެނެވޭ ބަދަލާ
އެކު އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ނަމަވެސް އަދިވެސް އިތުރު ގާނޫނުތައް އަންނަން އެބަޖެހޭ ކަމަށެވެ.

އަޒާން އިތުރަށް ވިދާޅުވީ މިއަދުގެ ސަރުކާރަކީ ވައްކަމާއި، ކޮރަޕްޝަނަށް އެއްގޮތަކަށް ވެސް ދޫދޭނެ ސަރުކާރެއް ނޫން ކަމަށެވެ.

ޚާއްސަކޮށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ވެސް އެ ފުރުސަތެއް ނުދޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން ވެސް މިކަހަލަ އެންމެހައި ކަންތައްތަކެއް ބަލާނެ ކަމަށް އަޒާން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު