Saturday, October 31
ކުޑަހުވަދޫގައި އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑެންޓިޓީ ކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ދ.ކުޑަހުވަދޫގައި މިއަދު ފަށައިފިއެވެ.

މިއީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭން ފެށި ދެވަނަ ފަހަރެވެ.

މީގެ ކުރިން އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދެމުންއައީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ އޮފީހުންނާއި ގއ. ވިލިނގިލީގައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކުޑަހުވަދޫގައި މި ޚިދުމަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

ކުޑަހުވަދޫގައި މި ޚިދުމަތް ފެށީ އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު