އާދިއްތަ, November 1
ނުޙައްްޤުން މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ޤާނޫނަށް އިސްލާހުގެނައުމަށް މަޖިލީހަށް ހުށަހަޅައިފި

ނުޙައްްޤުން މުއްސަނދި ކަން ހޯދައި ލިބިގަތު ޤާނޫނަށް އިސްލާހުގެނައުމަށް މިޔަދު މަޖިލީހަށް ހުށަހަޅައިފިއެވެ. މިބިލު ރައްޔިތުންގެ  މަޖިލީހަށް ހުށަހަޅައިފައި ވަނީ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޟާ އެވެ. މިއިސްލާހު މަޖިލީހަށް ހުށައެޅިފައިވަނީ ނުޙައްޤުން މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ކަނޑައަޅައިފައި އޮތްގޮތުން ޤާނޫނު މާނަކުރުމުގައި އޮޅުން އަރާތީ ކަމަށް މިއިސްލާހުގައި ބުނެފައިވެއެވެ. 

ހުށަހަޅާފައިވާ އިސްލާހުގައި ބުނާ ގޮތުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ލިބެމުންދާ ނުވަތަ އެ މަގާމުގައި ހުރި އިރު ލިބެމުންދިޔަ އާމްދަނީ އާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރު ދެމެހެއްޓުމަކީ ކުށެކެވެ. ނުވަތަ ދައުލަތުގެ އާމްދަނީ އާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދައި މިލްކު ކުރުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، މި މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ދައުވާ ލިބޭ މީހަކާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މިލްކުކުރާ މުދާ ނުވަތަ ފައިސާ އެމީހެއްގެ ނަމުގައި އެހުރީ ދައުވާ ލިބޭ މީހާގެ ބޭނުމަށްޓަކައި، ނުވަތަ އޭނާއަށް މަންފާ ލިބިދެވޭ ގޮތަށް ކަމުގައި ނުވަތަ ބާރު ހިނގާ ގޮތަށް ކަމުގައި ކޯޓަށް ސާބިތުކޮށްދީފި ނަމަ އެއީ ދައުވާ ލިބޭ މީހާގެ ނަމުގައި ހުރި ފައިސާ ނުވަތަ މުދަލެކޭ އެއްފަދައިން، އެ މީހަކަށް ނިސްބަތް ކުރެވޭނެ ކަމަށް ވެސް ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު