Saturday, October 31
އެމްއެންޑީއެފްއިން މާފިލާފުށީގައި 3 ދުވަހުގެ އަސްކަރީ ތަމްރީނެއް ފަށައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޅ.މާފިލާފުށީގައި އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސްއިން އިއްޔެ ބުނީ މި ތަމްރީނުތައް ކުރިއަށްދާނީ ނޮވެންބަރު 05 ވަނަ ދުވަހުގެ 00:00 އިން ނޮވެންބަރު 08 ވަނަ ދުވަހުގެ 06:00 އަށް ކަމަށެވެ.

މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލެއަރސް ދަތުރުކުރާނީ މާފިލާފުށްޓާއި މާފިލާފުށީގެ ވަށައިގެންވާ ސަރަހައްދުން 300 މީޓަރު ދުރުމިނަށް ކަމަށާއި، ފުލެއަރސް ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރު ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

އެމްއެންޑީއެފްއިން އަސްކަރީ ތަމްރީނެއް ކުރިއަށްގެންދާނަމަ، އާންމު ގޮތެއްގައި އާންމުންގެ ސަމާލުކަމަށް އެކަން އިއުލާނުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު