އާދިއްތަ, November 1
އަމީންއަށް ކޮށްފައިވާ 27 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް

ޏ. ފުވައްމުލަކު، ކަރިއްޔާވިލާ, މުހައްމަދު އަމީންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ. ދައުވާ ސާބިތުވެ 27 އަހަރަށް އަމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އަމީންގެ މައަޗަށް ދަށުކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށް އަޑު އެހުންތައް ހޯމަ ދުވަހު ފަށަން ހައިކޯޓުގައި ކުރުމަށްވަނީ ޓާވަލް ކުރެވިފައެވެ. 

އަމީނަކީ ސަލްޓަންޕާކްގައި ގޮއްވާލި ބޮމުގެ މައްސަލާގައި ވެސް ތުހުމަތު ކުރެވުނު މީހެކެވެ. އެ މައްސަލާގައި އިންޓަޕޯލް ރެޑް ނޯޓިސްއެއްގެ ދަށުން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައި ނަމަވެސް 2012 ވަނަ އަހަރު ފަހުން ވަނީ ދޫކޮށްލާފަ އެވެ. އެމެރިކާއިން ނެރުނު ޓެރަރިސްޓުން ލިސްޓުގައި ދިވެހިންގެ ތެރެއިން  ހިމެނުނު ފުރަތަމަ މީހަކީ ވެސް އަމީންއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު