Saturday, October 31
މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 21:15 ހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ބާއްވާ އިވެންޓެއްގައި ކަމަށެވެ.

މިއިވެންޓަކީ އެމްއައިބީގެ އާ ޕްރޮޑަކްޓްތައް ލޯންޗުކުރުމަށް ބާއްވާ އިވެންޓެކެވެ.

ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްދާނީ ކިތަށް މިނެޓަށް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު