ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި ކިޔެވި ފުރަތަމަ 21 ދަރިވަރުންނަށް މިއަދު ދަސްވެނިވެއްޖެއެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންނަށް ސަނަދު ހަވާލު ކޮށްދެއްވީ އެމްއެންޔޫގެ ޗަންސެލަރު ޑރ. މަހުމޫދު ޝައުގީއެވެ.
ރަސްމިއްޔާތުގައި ވާހަކަދަށްކަވަމުން ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ "ހިނދުކޮޅެއްގެ ތެރޭގައި 311 ދަރިވަރަކު ކުރި ބުރަ މަސައްކަތުގެ އަރުތަ ރަމްޒުކޮށްދޭ، ޔުނިވާސިޓީގެ ގާނޫނީ ލިޔުން އެ ދަރިވަރުންގެ މައްޗަށް ތައުގީދު ކުރެވިގެން ދާނެ. މީގެ ތެރޭގައި ފުރަތަމަ ފަހަރަށް ޑޮކްޓާ އޮފް މެޑިސިންގެ ރޮނގުން ދަސްވެނިވާ ދަރިވަރުން ހިމެނޭ ކަމީ އަޅުގަނޑުމެން ވަރަށް ޝަރަފުވެރިކަމާ އެކު ފާހަގަކުރާ ކަމެއް،"
މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ. އެމަނިކުފާން ވަނީ ވާހަކަ ދަށްކަވަމުން ދަސްވެނިން ކުރި ބުރަ މަސައްކަތަށާއި ދެެއްކި ހިތްވަރަށް ސާބަސް ދީ ޝުކުރު އަދާކޮށްފައެވެ.
ރާއްޖޭގައި މެޑިސިން ކިޔަވައިދެނީ މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީ، ކެބަންސާން މެލޭޝިއާ (ޔޫކޭއެމް)ގައި ކިޔަވައިދޭ ކަރިކިއުލަމަށެވެ. 2019 ވަނަ އަހަރު މިކޯސް ކިޔަވައިދެން ފެށިއިރު މި ކޯހަކީ ފަސް އަހަރު ދުވަހުގެ ކޯހެކެވެ.
މި ލިޔުން ކިޔާލުމުން