އާދިއްތަ, November 1
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ގޮތަށް ބަދަލުކުރަން ޤާނޫނުތަކަށް ވަނީ އިޞްލާހު ހުށައަޅާފައެވެ. މިގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރެވުނީ އެންޓި ކޮރަޕްޝަންސްގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހާއި ގުޅޭގޮތުންނެވެ. 

މިިއަދު ވާހަކަ ދެއްކެވި ގިނަ މެންމަބަރުން މިއިސްލާހަށް ވަނީ ތާއީދުކޮށްފައެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ބާރަކީ ރައީސުލްޖުމްހޫރިއްޔާއަށް މުތުލަގަށް ލިބެންޖެހޭ ބާރެއްކަމަށެވެ. އަދި މިދިޔަ ސަރުކާރުން މިނިވަން ކޮމިޝަންތަކަށް އައްޔަންކޮށްފައި ތިބި މެންބަރުންގެ ފަރާތްޕުޅުން ޕްރޮފެޝަނަލްކަން ފެންނަން ނެތްކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ވެސް ވަނީ މި އިސްލާހަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. މެންބަރު އިބްރާހީމްދީދީ މި އިސްލާހަށް ތާއީދުކޮށް ވާހަކަދައްކަވަމުން ވިދާޅުވީ އަތޮޅު ކައުންސިލްތަކުގެ ރައީސުންވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ގޮތަށް ހެދުމަށް ފެންނަކަމަށެވެ. އަދި ކޮމިޝަނުގެ ރައީސް ވެސް މެންބަރުންވެސް އައްޔަންކުރަންވީ ރައީސުލްޖުމްހުރިއްޔާކަމަށް މެންބަރު އިބްރާހިމްދީދީ ވަނީ ވިދާޅުވެފައެވެ. 

ޤާނޫނު މިހާރު އޮތް ގޮތުން އޭސީސީ އަދި އިލެކްޝަންސް ކޮމިޝަނަށްވެސް ރައީސާއި ނައިބު ރައީސް އައްޔަން ކުރަނީ އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި ކޮމިޝަންތަކުގެ ރައީސުން އިސްތުފާދޭން ބޭނުންވެއްޖެނަމަ އެކަން ހާމަކޮށް ސިޓީ ހުށަހަޅަންޖެހޭނީ ކޮމިޝަނަށެވެ. އަދި ނައިބު ރައީސް އިސްތިއުފާދޭން ބޭނުންވާނަމަ ސިޓީ ހުށަހަޅާންޖެހޭނީ ކޮމިޝަނުގެ ރައީސަށެވެ.

ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ދެ ކޮމިޝަނުގެ ވެސް ރައީސާއި ނައިބު ރައީސް އިސްތިއުފާދޭނަމަ އެކަން ހާމަކޮށް ސިޓީ ހުށަހަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު