އާދިއްތަ, November 1
ތިން ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި 3 ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް ޢަބުދުﷲ ނާޡިމް އިބްރާހީމް އައްޔަންކުރައްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އަހާފައެވެ. އެގޮތުން އެ ތިން ބޭފުޅުންނަށް ވެސް ރުހުން ދޭން ފެންނަ ކަމަށް 86 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ.

ގާނޫނުގައިވާ ގޮތުން ވަޒީރުންގެ މަޖިލީހަށް ބަދަލެއް ގެންނެވި ނަމަވެސް ނުވަތަ ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަންކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޚަލީލް މީގެ ކުރިން ހުންނެވީ މިނިސްޓަރ އޮފް ހެލްތްގެ މަގާމުގައެވެ. މިނިސްޓަރ އޮފް ފިނޭންސް ޒަމީރު ކުރިން ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމުގައެވެ. އަދި މިނިސްޓަރ އޮފް ހެލްތް ނާޡިމް އިބްރާހީމް މީގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު