އާދިއްތަ, November 1
ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތުގެ 101 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ.

އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއާއި ތުރުކީވިލާތުގެ ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރުގެ ބިންގާގެ މަތީގައި ބިނާކޮށްފައިވާ ވަރުގަދަ، ބަދަހި ގުޅުމެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ދެ ގަމުގެ 45 އަހަރުވީ ޚާރިޖީ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

މީގެއިތުރުން ޖޯގްރަފީ ގޮތުން ދެ ގައުމުގެ ދެމެދުގައިވާ ރާސްތާ ކިތަންމެ ދުރުކަމުގައިވިޔަސް، ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަންސަތަކުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ފުރާފުރިހަމަވަމުން ދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ ރައީސް އުރްދުޣާނަށް ފުރިހަމަ ސިއްހަތެއް ލިބުމަށް އެދިވަޑައިގަންވާކަން ފާހަގަކުރައްވާފައެވެ. އަދި ތުރުކީވިލާތުގައި އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގަންނަވާފައިިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު