އާދިއްތަ, November 1
ރައީސް ޑރ.މުޢިއްޒަށް ދެވަނަ ދައުރެއް ޔަގީންވެއްޖެ: ފަލާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވީ އޮކްޓޫބަރު 26 އަދި 27 ވަނަ ދުވަހު އެކަނި ވެސް ޕީއެންސީއިން ހިންގި މެމްބަރޝިޕް ޑްރައިވްގައި 10400 މެންބަރުން ޕާޓީއާ ގުޅިފައިވާ ކަމަށެވެ.

އެއިން އެނގިގެންދަނީ ރައީސް ޑރ. މުޢިއްޒަށް މުޅި ރާއްޖޭގައި އޮތް ތާއީދުކަމަށް ފަލާހް ވިދާޅުވިއެވެ.

އިލެކްޝަންގެ ގަވާއިދު ބުނާ ގޮތުން ނަމަ 3 ސިޔާސީ ޕާޓީގެ އަދަދު މި ހަމަވީ [ދެ ދުވަހުން]. އިންޝާﷲ 2028 މުޢިއްޒު ޔަގީން.

ޕީއެންސީއިން ހުޅުމާލޭގައި ހިންގި މެމްބަރޝިޕް ޑްރައިވް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ދާދިފަހުން އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ވެސް ވިދާޅުވެފައިވަނީ ޕީއެންސީއިން މަސައްކަތް ކުރަމުންދަނީ ރައީސް ޑރ. މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް ކަމަށާއި، އެކަން ހާސިލުވާނެކަން ޔަގީން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު