އާދިއްތަ, November 1
ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ ރައީސްކަމަށް ޢަބްދުލްޣަނީ

ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ ރައީސްކަމަށް ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އިިންތިޚާބުކޮށްފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާއި، ނައިބު ރައީސް އިންތިޚާބުކުރަނީ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓްރައިބިއުނަލްގެ ރައީސްކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އިންތިޚާބުވެވަޑައިގަތީ ޢަބްދުލްޣަނީއެވެ. އަދި ނައިބު ރައީސަކަށް އިންތިޚާބުވެވަޑައިގަތީ ޙަސަން ޒުހައިރެވެ.

ޢަބްދުލްޣަނީއާއި، ޙަސަން ޒުހައިރު ހިމެނިވަޑައިގަންނަވާހެން ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ މެންބަރު ކަމަށް 4 ބޭފުޅަކު އައްޔަންކުރީ ދާދިފަހުންނެވެ.

މި ދެބޭފުޅުންގެ އިތުރުން ދެން އައްޔަންކުރީ އިބްރާހީމް ޝަރީފާއި، ޝިފްޒާ ޢަބްދުލްޤައްޔޫމެވެ.

ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ މެންބަރުކަމަށް މި 4 ބޭފުޅުން އައްޔަންކުރީ ކުރިން މެންބަރުކަމުގައި ތިއްބެވި 4 ބޭފުޅަކު މަގާމުގެ ނުފޫޒުު ބޭނުންކޮށްގެން ވަކި ގޮތަކަށް މައްސަލަ ނިންމައި، ކޮރަޕްޝަންގެ އަމަލުތައް ހިންގިކަމުގެ ތުހުމަތުކުރެވޭތީ ވަކިކުރުމާ ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު