އާދިއްތަ, November 1
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ސްޓެލްކޯއިން 41،544 ގަސް އިންދައިފި

ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ފަސް ލައްކަ ގަސް އިންދުމަށް ފަށާފައިވާ ޕްރޮގްރާމުގެ ތެރެއިން ސްޓެލްކޯއިން މިހާތަނަށް 41،544 ގަސް އިންދައިފިއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގަރާފް އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ ތިމާވެށީގެ ދުވަހުއެވެ. މިކަމާ ގުޅިގެން ސްޓެލްކޯއިން ވަނީ ފަސް އަހަރުތެރޭގައި ފަސް ލައްކަ ގަސްއިންދުމަށް ނިންމާފައެވެ.

ސްޓެލްކޯއިން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރުގެ 27 ވަނަ ދުވަހާއި ހަމަޔަށް ސްޓެލްކޯގެ ފަރާތުން ވަނީ 41,544 ގަސް އިންދާފައެވެ.

ފަސް ލައްކަ ގަހުގެ ޓާގެޓް ހަމަ ކުރުމަށްޓަކައި އަދި 458,456 ގަސް ސްޓެލްކޯއިން އިންދަންޖެހޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު