އާދިއްތަ, November 1
ފާއިތުވި އެއް އަހަރުގައި ބަޖެޓުގެ ތާށިކަމާހުރެ ވެސް ގިނަ މަޝްރޫއުތަކެއް ނިމިއްޖެ: މިނިސްޓަރު މުއްޠަލިބް

ފާއިތުވި އެއް އަހަރުގައި ބަޖެޓުގެ ތާށިކަމާހުރެ ވެސް ގިނަ މަޝްރޫއުތަކެއް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތަފުސީލު ހިއްސާކުރައްވާފައެވެ.

އެގޮތުން 17 ނޮވެމްބަރު 2023 ގެ ފަހުން ހަތަރު ރަށެއްގެ ބަނދަރުގެ މަޝްރޫއު، ބިން ހިއްކުމުގެ އެއް މަޝްރޫއު، މަގު ހެދުމުގެ އެއް މަޝްރޫއު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ތިން މަޝްރޫއު އަދި ފެނާއި ނަރުދަމާގެ 29 މަޝްރޫއު ނިމިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ނިމިފައިވާ ޖުމްލަ މަޝްރޫއުގެ އަދަދަކީ 38 އެވެ. ކޮންޓްރެކްޓްގެ އަގަކީ 1.97 ބިލިއަން ރުފިޔާއެވެ.

މިނިސްޓަރު ވިދާޅުވީ މީގެއިތުރުން އަންނަ މަހުގެ 17 ގެ ނިޔަލަށް އިތުރު 21 މަޝްރޫއު ނިންމޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު