އާދިއްތަ, November 1
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝާރްޖާއާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއާ ދެމެދު ސީދާ ދަތުރުތަށް ފަށައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝާރްޖާއާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއާ ދެމެދު ސީދާ ދަތުރުތަށް ފަށައިފިއެވެ. މިދަތުރަށް ކުރުމަށް ހަމަޖެހިފައިވަނީ އެއަރ އެރޭބިޔާއިންނެވެ.

އިއްޔެ މެންދުރު 1:28 ގައި ޖެއްސި އެއަރ އެރޭބިޔާގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔާފައިވަނީ ވޯޓާ ސެލިއުޓަކާއެކު ބޭއްވި ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލް އަދި އެމް.އެމް.ޕީ.ރާރް.ސީ ގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. އަދި މީގެއިތުރުން, ރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސަޑަރ ޙަސަން ވަޙީދު އަދި އެއަރ އެރޭބިއާގެ ޔޫ.އޭ.އީގެ އޭރިއަރ މެނޭޖަރ ޝަހްޒަދް ނަގްވީ ވެސް މި ހަފްލާގައި ވަނީ ބައިވެރިވެފައެވެ.  ޝާރްޖާ އާއި ދިވެހިރާއްޖެއާއި ދެމެދު ސީދާދަތުރުތަށް ފެށުމަކީ, މެދުއިރުމައްޗާއި, ދުނިޔޭގެ އެހެނިހެން ގައުމުތަކާއި ދިވެހިރާއްޖެއާމެދު ދަތުރުކުރުމަށް އިތުރަށް ފަސޭހަވެގެން ދާނެކަމެއްކަމުގައި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވިއެވެ. އެެއަރ އަރަބިޔާގެ މި ފްލައިޓަކީ ދިވެހިރާއްޖެއާއި ޝާރްޖާއާއި ދެމެދު ސީދާ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ފުރަތަމަ ފްލައިޓެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯޓާއި ޝާރޖާއާއި ދެމެދު ދުވާލަކު އެއް ދަތުރު ކުރުމަށް ހަމަޖެހިފަައިވާކަމަށް އެމް.އޭ.ސީ.އެލް އިން ބުނެފައިވެއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެއަރބަސް އޭ 320 މަރުކާގެ ބޯޓުތަކުގައެވެ. އެއަރ އަރަބިޔާއަކީ ދުނިޔޭގެ 170އަށް ވުރެގިނަ މަންޒިލަށް ދަތުރުކުރާ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ފުރަތަމަ އަދި އެންމެބޮޑު ކެރިޔަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު