އާދިއްތަ, November 1
މެޑަމް ސާޖިދާ ޓެންޒޭނިޔާއަށް ފުރާވަޑައިގެންފި

ޓެންޒެނިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރޭ ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ އެކަމަނާގެ މި ދަތުރުފުޅަކީ، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ކޮންފަރެންސްގެ މަތީފަންތީގެ ފަސްޓް ލޭޑީސް ޕެނަލާއި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ކޮމިޓީ ބައްދަލުވުމުގައިވެސް އެކަމަނާ ވާހަކުފުޅުދައްކަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 30 އަށެވެ. މި ކޮންފަރެންސްގައި އަންހެނުން ބާރުވެރިކުރުވުމާއި ބަލިތައް މެނޭޖްކުރުމާއި އެފްރިކާ އާއި އޭޝިއާގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފުޅާކުރުން ފަދަ މައުޟޫޢުތަކާ ގުޅޭ މުހިންމު މަޝްވަރާތައް ކުރިއަށްދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު