އާދިއްތަ, November 1
އިލެކްޝަން ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަނުގެ މުސްތަގިއްލުކަން ނަގާނުލުމަށް ދަ ޑިމޮކްރެޓްސްއިން ސަރުކާރަށް ގޮވައިލައިފި

އިލެކްޝަން ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަނުގެ މުސްތަގިއްލުކަން ނަގާނުލުމަށް ދަ ޑިމޮކްރެޓްސްއިން ސަރުކާރަށް ގޮވައިލައިފިއެވެ. މިގޮތަށް ސަރުކާރަށް ގޮވާލައިފައިވަނީ ދަ ޑިމޮކްރެޓެސްއިން މިޔަދު ނެރުނު ބަޔާނެއްގައެވެ.

އިލެކްޝަންސް ކޮމިޝަން ( އީސީ ) އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން ( އޭސީސީ ) ގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައަޅައި އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމުހުރިއްޔާއަށް ލިބިދޭގޮތަށް ގާނޫނުނަށް ބަދަލުގެންނައުމަށް ސަރުކާރުގެ ފަރާތުން ރައްޔުތުންގެ މަޖިލީހައް ހުށަހަޅާފައިވާތީ އެކަމުގެ ކަންބޮޑުވުން ދަ ޑިމޮކްރެޓްސްއިން ހާމަކޮށްފައި ވެއެވެ.

މިބަޔާނުގައި ބުނެފައިވަނީ އިލެކްޝަން ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަނުގެ މުސްތަގިއްލުކަން ދެމެހެއްޓުމަކީ މުހިންމު ކަމެއްކަމުގައި ދެކޭކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ނުފޫޒެއްނެތި އެ ކޮމިޝަންތަކުގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތަށް އަދާ ކުރަންޖެހޭކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. 

އަދި ރައީސުލްޖުމުހުރިއްޔާއަށް މިދެކޮމިޝަނުގެ ރަޢީސުންނާއި ނައިބު ރަޢީސުން ކަނޑައެޅުމުގެ ބާރު ލިބޭކަމުގައި ވަނީ ނަމަ މިކޮމިޝަންތަކުގެ މުސްތަގިއްލުކަމަށް ލޮޅުންއަރާނެ ކަމުގައި ވެސް މިބާނުގައި ލިޔެފައިވެއެވެ.

އަދި މިކަމަކީ ޑިމަކްރަސީގެ އަސާސްތަކާއި ހިލާކުވާ ކަމެއް ކަމުގައިވެސް ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު