އާދިއްތަ, November 1
މެރާކީ ކެފޭއަށް ގެއްލުންދިން މީހުން ޖޫރިމަނާ ކުރަން ނިންމައިފި

މެރާކީ ކޮފީ ރޯސްޓާސް ކެފޭއަށް ގެއްލުންދިން މައްސަލާގައި ހައްޔަރުކުރި ދެމީހުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. ޖޫރިމަނާ ކޮއްފައިވަނީ ކޮންމެމީހަކު 15,800 ރުފިޔާއިންނެވެ. 

މިމައްސަލާގައި ދަޢުލަތުން ދަޢުވާ އުފުލައިފައި ވަނީ މއ. ޝިރުމީނާއާބާދު، ތަސްލީމް އާދަމް އަދި މއ. ނަހީދީމަންޒިލް، ސިބާހް ޝަރީފްގެ މައްޗަށެވެ.

މިދެމީހުންނަށްވެސް ކޮށްފައިވަނީ މުދަލަށް ގެއްލުންދިނުމުގެ ދައުވާއެވެ. ދެމީހުން ދަޢުވާއަށް އިންކާރުކުރިނަމަވެސް ސީސީޓީވީ ފުޓޭޖުގެ ހެއްކާއެކު މައްސަލަވަނީ ސާބިތުވެފައެވެ.

ތަސްލީމް އާދަމް ގޮސް މެރާކީ ކެފޭގައި ސްޓިކީ ނޯޓެއް ހަރުކުރާމަންޒަރު ސީސީޓީވީ ފޮޓޭޖުންފެނެއެވެ. އަދި ސިބާހް ޝަރީފް ޕޭމަންޓް ގަލަކުން ޖަހައި މިރާކީގެ ބިއްލޫރުގަނޑު ތަޅާލާ މަންޒަރުވެސް ސީސީޓީވީ ފުޓޭޖުން ފެނެއެވެ. 

މިތަނަށް ގެއްލުން ދިނުމުގެ ކުރީގައި މިކެފޭގައި މަސައްކަތްކުރި އީނާސް އަށް ވަނީ ޞޯސަލްމީޑިޔާއަގި އޭނާ ހެދުންއަޅާގޮތާއި މެދު ފުރައްސާރަކޮށްފައެވެ. އަދި ތަސްލީމް އާދަމް ގޮސް މެރާކީ ކެފޭގައި ހަރުކުރި ސްޓިކީ ނޯޓުގައި ވަނީ އަންހެނުން ފިރިހެންވެގެން ނޫޅުމަށާއި ފިރިހެނުން އަނހެންވެގެން ނޫޅޫމަށެވެ.

މެރާކީއަކީ ދީނާދެކޮޅުމީހުން އެއްވާން ބޭނުންކުރާ ހަރުގެއެއްކަމަށް ބުނެ އެތަން ބަނދުކުރުމަށް އެދި ގިނަބަޔަކު ދިޔައީ އޭރުގެ ސަރުކާރަށް މައްސަލަޖައްސަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު