ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމާ އައްބާސް ޝަރީފް ހަވާލުވެވަޑައިގަތުމަށްފަހު ކުރީގެ ޕީޖީގެ ނިންމުންތަކާ މެދު ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް ވަނީހުޅުވާލައިފައެވެ. މިކަމަށް ހުޅުވާލައިފައިވަނީ މިދިޔަ އޮކްޓޫބަރު އެއްވަނަ ދުވަހު އެވެ.
ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ކުރީގެ ޕީޖީގެ ނިންމުންތަކާއި ބެހޭގޮތުން 500 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފިއެވެ.
20 ދުވަހަށްދިން މިފުރުސަތު ހަމަވިއިރު 539 އަށް ވުރެގިނަ ޝަކުވާ ހުށައަޅާފައުވާކަމަށާއި, އަދި މި މައްސަލަތަށް އަލުން މުރާޖާކޮށް ގޮތެއްނިންމާނެ ކަމުގައިވެސް ޕީޖީ އޮފީހުންވަނީ ވިދާޅުވެފައެވެ.







