އާދިއްތަ, November 1
ނައިބު ރައީސް ޙުސައިން ސަމޯއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފު ސަމޯއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅަކީ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް (ޗޮގަމް 2024) ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އޮކްޓޫބަރު 21 އިން 26 އަށް ނައިބު ރައީސް ކުރެއްވި މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ޗޮގަމް 2024 ގެ މައިގަނޑު ބައްދަލުވުމާއި ހަވާސާ އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން، ރާއްޖެއާ ގުޅުންހުރި، ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ ގުޅޭ މަތީ ފެންވަރުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅުދައްކަވާފައެވެ.

އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވޮ ހަވާސާ އިވެންޓްތަކުގެ ތެރޭގައި ޗޮގަމް ކްލައިމެޓް ބްރެކްފާސްޓް: ބިލްޑިންގ ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓާގެޓްސް އިން ދަ ކޮމަންވެލްތު އާއި، ކޮމަންވެލްތު ބިޒްނަސް ފޯރަމް: އައިލެންޑް ލީޑަރސް ރައުންޑް ޓޭބަލް އަދި އެސްއެމްއައިގެ ސީއީއޯ-ލީޑަރސް އިވެންޓު ހިމެނެއެވެ.

އެމަނިކުފާނު ވަނީ ޗޮގަމް 2024 ގެ ހަވާސާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައި ވެސް، ނައިބު ރައީސް ވަނީ ތަފާތު އެކި ދާއިރާތަކާއި ގުޅުންހުރި މައުޟޫޢުތަކަށް ވާހަކަފުޅުދައްކަވައި، ތަފާތު މަޝްވަރާތަކުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް ވަނީ ސަމޯއާގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވައިފައެވެ.

ނައިބު ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް، އެންޑް ރިކްރިއޭޝަން، ޢަބްދުﷲ ރާފިޢުއާއި، ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ. އިރުތިޝާމް އާދަމާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު