އާދިއްތަ, November 1
ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގައި ކުރަމުންދިޔަ ބަނގުރަލުގެ ވިޔަފާރި ހުއްޓުވައިފި

ގދ.ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގައި ކުރަމުންދިޔަ ބަނގުރަލުގެ ވިޔަފާރި ހުއްޓުވައި، ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު ބުނީ ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުން އެ ސަފާރީ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ގައްދޫ ޕޮލިސް ސްޓޭޝަނާއި ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި އެ ސަފާރީ ބަލައި ފާސްކުރިއިރު 1224 ދަޅު ބަނގުރަލާއި 124 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުންނާ ސުވާލުކުރުމަށްފަހު އެ މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު