އާދިއްތަ, November 1
ދެ ޑިންގީ ޖެހި އެކްސިޑެންޓެއްވެ، މޫދަށް ވެއްޓުނީ މީހެއް ނޫން، ޑިންގީގައި ހުރި ތަކެތި: ފުލުހުން

ދެ ޑިންގީ ޖެހި މިރޭ ހިނގި އެކްސިޑެންޓުގައި މޫދަށް ވެއްޓުނީ މީހެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ 21:28 ގައި ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ވެމްކޯ ޖެޓީއާ ދިމާއިން ދެ ޑިންގީ ޖެހި އެކްސިޑެންޓެއް ހިނގައި، މި އެކްސިޑެންޓްގައި މީހަކު މޫދަށް ވެއްޓި ގެއްލިގެން އުޅޭތީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ނަމަވެސް ފުލުހުން ފަހުން ފޮނުވި މެސެޖެއްގައި ވަނީ މޫދަށް ވެއްޓުނީ މީހެއް ނޫން ކަމަށް ބުނެފައެވެ.

މޫދަށް ވެއްޓުނީ ޑިންގީގައި ހުރި ތަކެތި ކަމަށާއި އަދި މި ތަކެތި މޫދުން ނެގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު