އާދިއްތަ, November 1
ތިން ވަޒީރުންނަށް ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ތިން ވަޒީރުންނަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ފާސްކޮށްފިއެވެ.

ކޮމިޓީން މިގޮތަށް ފާސްކުރީ އެ މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 30 ގައި ރައީސް ޑރ. މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކަށް ބަލާއިރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑރ. ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ އައްޔަންކުރައްވާފައެވެ.

ޑރ. ޚަލީލް އޭގެ ކުރިން ހުންނެވީ މިނިސްޓަރ އޮފް ހެލްތްގެ މަގާމުގައެވެ. މޫސާ ޒަމީރު ކުރިން ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމުގައެވެ. އަދި ޢަބްދުﷲ ނާޡިމް އިބްރާހީމް މީގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.

ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މި ތިން ވަޒީރުންނަށް ރުހުން ދޭން ފާސްކުރީ ކޮމިޓީގެ އިއްތިފާގުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު