އާދިއްތަ, November 1
އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި 2 މީހަކު ހައްޔަރުކޮށްފި

އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގއ.ވިލިނގިލި، ލައިފް، މުޙައްމަދު ޝައިން ޝަމީޒް (22 އ) އަދި ލ.ގަން/ތުނޑި، ހަމްދޫން ޚަލީލް (24 އ) އެވެ.

ފުލުހުން މިއަދު ބުނީ ގއ.ވިލިނގިލީ އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑު ބޭނުންކޮށްގެން، އެ އަތޮޅު މާމެންދޫ ބީއެމްއެލް އޭޓީއެމްއިން ފައިސާ ނަގާފައިވާ މައްސަލައެއް ރޭ 8:13 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކާޑު ނެގިކަމަށް ތުހުމަތުކުރެވޭ މީހުން މާމެންދޫން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން އެ މީހުން ހުއްޓުވައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ދަތުރުކުރި ލޯންޗް ބަލައި ފާސްކުރިއިރު، ކޭޝް ކާޑު ބޭނުންކޮށްގެން އެ މީހުން ވަގަށް ނެގިކަމަށް ބެލެވޭ 25,000 ރުފިޔާގެ ތެރެއިން 23,000 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު