އާދިއްތަ, November 1
ރައީސް އޮފީހުގެ ސީނިއަރ އަންޑަރ ސެކްރެޓަރީގެ މަގާމަށް ޝާނާ އައްޔަންކޮށްފި

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ފާޠިމަތު ޝާނާ ފާރޫޤް ރައީސް އޮފީހުގެ މަގާމަކަށް އައްޔަން ކުރައްވައިފިއެވެ.

ނޭޝަނަލް ޕޭ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝާނާ އައްޔަންކުރީ ރައީސް އޮފީހުގެ ސީނިއަރ އަންޑަރ ސެކްރެޓަރީގެ މަގާމަށެވެ.

ޝާނާއަކީ ކޮންސްޓްރަކްޝަން މެނޭޖްމަންޓާއި ކޮންސްޓްރަކްޝަން ލޯއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ކަނބަލެކެވެ.

އޭނާ ވަނީ އިންފްރާސްޓްރަކްޗަރ މިނިސްޓްރީގައި އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ.

ޝާނާ އެ މިނިސްޓްރީގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ގޮތުގައި ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެގޮތުން 09 އަހަރު ވަންދެން އެ މަގާމު އަދާކުރެއްވިއެވެ.

އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ޝާނާ އިސްކުރީ 2015 ވަނަ އަހަރުގެ އޮގަސްޓުމަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު