އާދިއްތަ, November 1
"ސިންގަމް އަގެއިން" އިން ސަލްމާން ޚާން ފެންނާނެ

"ސިންގަމް އަގެއިން" އިން ސަލްމާން ޚާން ފެންނާނެކަމަށް ފިލްމްގެ ޑައިރެކްޓަރ ރޯހިތް ޝެޓީ ބުނެފިއެވެ.

ނޮވެމްބަރު 1 ގައި އަޅުވަން ހަމަޖެހިފައިވާ "ސިންގަމް އަގެއިން" ގެ ޝޫޓިންތަކުން ސަލްމާން ޚާން ބޭރުކުރި ކަމުގެ އަޑުތައް ފެތުރުނީ މިދިޔަ ހަފްތާގައެވެ.

2018 ވަނަ އަހަރު ފިލްމް "ހަމް ސާތް ސާތް"ގެ ޝޫޓިންގެ ތެރެއިން ފުއްލާއަކަށް ބަޑިޖަހައި މަރާލި ކަމުގެ ތުހުމަތުގައި ސަލްމާން ޚާންއަށް މަރުގެ އިންޒާރުތައް ދިނުން ގިނަވުމުގެ ސަބަބުން "ސިންގަމް އަގެއިން" އިން ބޭރުކުރީ ކަމަށް ރިޕޯޓް ތަކުން ދިޔައީ ބުނަމުންނެވެ. ނަމަވެސް މި ވާހަކަތައް ދޮގުކޮށް ކުރިއެކޭވެސް އެއްގޮތަށް ސަލްމާން ޚާން ފެންނާނެ ކަމުގެ ޔަގީންކަން ރޯހިތް ޝެޓީ ވަނީ ދީފައެވެ.

ފިލްމުން ސަލްމާން ޚާން ފެނިގެން ދާނީ ފިލްމުގެ ފަހުބައިގައި ސިންގަމް އާއި ޗުލްބުލް ޕާންޑޭ އާއި ބައްދަލުކުރާ ކުޑަ ޚާއްސަ މަންޒަރަކުންނެވެ.

ސިންގަމް އަގެއިންގެ ކާސްޓުންގެ ތެރޭގައި އަޖޭ ދޭވްގަން، ކަރީނާ ކަޕޫރު ޚާން، ރަންވީރު ސިންގް، އަކްޝޭ ކުމާރު، ދީޕިކާ ޕަޑޫކޯން، ޓައިގާ ޝްރޮފް، އަރްޖުން ކަޕޫރު، ޖެކީ ޝްރޮފް، ދަޔާނަންދު ޝެޓީ، ޝްވެތާ ޓިވާރީ، ސިދާތާ ޖާދަވް، އަދި ރަވީ ކިޝާން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު