އާދިއްތަ, November 1
ޖަރުމަނުވިލާތުން އާ އެމްޕޮކްސް ވޭރިއަންޓްގެ ފުރަތަމަ ކޭސް ފެނިއްޖެ

ޖަރުމަނުވިލާތުން އާ އެމްޕޮކްސް ވޭރިއަންޓްގެ ފުރަތަމަ ކޭސް ފެނިފައިވާ ކަމަށް ޖަރުމަނުގެ ރޮބަޓް ކޯޗް އިންސްޓިޓިއުޓް (އާރްކޭއައި) އިން ބުނެފި އެވެ.

އޮގަސްޓް މަހު އެފްރިކާގެ ބައެއް ގައުމުތަކުގައި އެމްޕޮކްސްގެ ކޭސްތައް އިތުރުވެ މައިގަނޑު ގޮތެއްގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މި ބަލި ފެތުރެން ފެށުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެމްޕޮކްސް އަކީ ބައިނަލްއަގުވާމީ ގޮތުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

ޔޫރަޕިއަން ސެންޓަރ ފޮރ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލްއިން ހާމަކޮށްފައިވާ ގޮތުގައި 120 އަށްވުރެ ގިނަ ޤައުމުން ވައިރަސްގެ ދެ ވޭރިއަންޓްގެ ކޭސްތައް ފެނިފައިވެއެވެ.

ނަމަވެސް މި ބަލީގެ ނުރައްކާތެރި ވޭރިއަންޓް ކަމުގައިވާ ކްލެޑް 1ބީ ވޭރިއަންޓް މިހާތަނަށް ފެނިފައި ވަނީ މަދު ގައުމަކުންނެވެ.

ޑަބްލިއުއެޗްއޯއިން ކްލެޑް 1ބީ އަކީ ކުރީގެ ވޭރިއަންޓްތަކަށް ވުރެ ފަސޭހައިން ގައިންގަޔަށް އަރާ އަދި ކުރީގެ ވޭރިއަންޓްތަކަށް ވުރެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށް ސިފަކޮށްފައިވީ ނަމަވެސް އާންމު ސިއްހަތުގެ މާހިރުން ބުނަމުން ދަނީ މިހާތަނަށް ވެސް މިކަށް ބާރުލިބޭނެ އިތުބާރު ހުރި ޑޭޓާ ތަކެއް ނެތް ކަމަށެވެ.

އަންގާރަ ދުވަހު އާރްކޭއައި އިން ނެރުނު ބަޔާނެއްގައި ބުނީ ވައިރަސްގެ އާ ވޭރިއަންޓް ފުރަތަމަ ފަހަރަށް ޖަރުމަނުވިލާތުން ފެނިފައިވަނީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ކަމަށާއި ބަލި މީހާ އަށް މި ބަލި ޖެހިފައިވަނީ އެ ގައުމުން ބޭރުގައި އުޅެނިކޮށް ކަމަށެވެ.

އާރްކޭއިން މައުލޫމާތު އެމްޕޮކްސް ޖަރުމަނު ވިލާތުން ފެނުނު ނަމަވެސް، މި ބަލި އާންމުންގެ ތެރެއަށް ފެތުރުމުގެ ނުރައްކާ ކުޑައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު