Saturday, October 31
މަޖިލީހުގެ ނައިބު ރައީސް ޗައިނާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މިއަދު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ނާޒިމްގެ މި ދަތުރުފުޅަކީ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމް 2024 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމް ކުރިއަށްދާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގައެވެ.

މަޖިލީހުގެ ނައިބު ރައީސްއާއެކު މި ދަތުރުފުޅުގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި، މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު