އާދިއްތަ, November 1
ވީ އެންމެ އަވަހަކަށް މަރުގެ އަދަބު ތަންފީޒުކުރުމަށް މަސައްކަތް އެބަކުރަން: އިޙްސާން

ރާއްޖޭގައި ވީ އެންމެ އަވަހަކަށް މަރުގެ އަދަބު ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޙުސާން ވިދާޅުވީ އދ. ގައި ބޭއްވި ހިއުމަން ރައިޓްސް ރިވިއުގައި ވެސް، ރާއްޖެއަކީ އިސްލާމީ ގައުމެއްކަމާއި، އިސްލާމްދީނުގައި އޮންނަ ގޮތަށް މަރުގެ އަދަބު ތަންފީޒުކުރާނެކަނވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

އިޙްސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި އަމަލުކުރަންޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކެއް އެބަހުރި ކަމަށާއި އޭގެތެރޭގައި ކޯޓުގެ ހުރިހާ މަރުހަލާއެއް ނިމި، އެއީ އަލުން އިއާދަނުކުރެވޭ އަދަބަކަށްވާތީ އެ ހުރިހާ މިންގަނޑަކުން ބަލަންޖެހޭ ކަމަށެވެ. އެހެންކަމުން އެއާ އެއްގޮތަށް އުސޫލުތަކާއި ގަވާއިދުތައް ހަދައި، މަރުގެ އަދަބު ތަންފީޒުކުރާނެ ތަން ހަދައި، މުވައްޒަފުން ތަމްރީންކުރަންޖެހޭކަން ވެސް އިޙްސާން ފާހަގަކުރެއްވިއެވެ.

އަޅުގަނޑަށް ޔަގީންކަން ދޭން ކެރިދާނެ އަޅުގަނޑުމެން މިހާރު އިއުލާނުކޮށްފައިވާ ގޮތަށް އެކަން ކުރާނެކަން [މަރުގެ އަދަބު ތަންފީޒުކުރާނެކަން] ރާއްޖޭގައި. އަޅުގަނޑުމެންގެ ޓާގެޓަކީ މި ދައުރެއް ނޫން އިނގޭތޯ. މި މަސައްކަތް ނިމޭހާ އަވަހަކަށް، އަޅުގަނޑުމެން ނުބުނާނަން މިވެނި ދުވަހެއްގައޭ، އެކަމަކު އަޅުގަނޑުމެން މަސައްކަތްކުރަނީ ވީ އެންމެ އަވަހަކަށް [އެކަން ކުރަން] އިނގޭތޯ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ ކުރީގެ ރައީސް މުޙައްމަދު އަމީންގެ ދައުރުގައި 1954 ގައެވެ. އޭރު ބަޑިޖަހައި މަރައިލެވުނީ އޭރު އުޅުނު ބޮޑު ސިހުރުވެރިއެއް ކަމަށްވާ ގއ.ނިލަންދޫ ހަކީމް ދީދީއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު