އާދިއްތަ, November 1
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ: މިއަހަރުގެ މިހާތަނަށް 4,361 ބިދޭސީން ޑީޕޯޓްކޮށްލައިފި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް 4,361 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަމްޢާން މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޝަމްޢާން ވިދާޅުވީ އިމިގްރޭޝަންގެ އަމާޒަކީ އެއް އަހަރުތެރޭގައި، ރާއްޖެގައި ގަވާއިދާ ޚިލާފަށް އުޅޭ 5,000 ބިދޭސީން ޑީޕޯޓުކުރުން ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން 21 އޮކްޓޫބަރުގެ ނިޔަލަށް 4,361 ބިދޭސީއަކު ޑީޕޯޓުކުރެވިފައިވާ ކަމަށް ޝަމްޢާން ވިދާޅުވިއެވެ.

އޭގެތެރޭގައި ހިމެނެނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އަނބުރާ ފޮނުވައިލި މީހުންނާއި، އަމިއްލައަށް ބޭނުންވެގެން ފުރުވައިލި މީހުންނާއި، ރާއްޖެއިން ފުރަން ނޯޓިސް ދިނުމަށްފަހު އެ މުއްދަތުގެ ތެރޭގައި ރާއްޖެ ދޫކޮށް ފުރި މީހުން ކަމަށް ޝަމްޢާން ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިވަގުތު 135 މީހުން ތިބި ކަމަށް ވެސް ޝަމްޢާން ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދާއިރު،އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ވެސް ޚާއްސަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު