އާދިއްތަ, November 1
ޓެކްސް އެޕީލް ޓްރައިިބިއުނަލަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވައިފި

ޓެކްސް އެޕީލް ޓްރައިިބިއުނަލްއިން ހުސްވެފައިވާ މަގާމުތަކަށް އައްޔަން ކުރެއްވުމަށް 13 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން މަޖިލީހަށް ހުށަހެޅުއްވި ސިޓީއެއް މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

އެ ސިޓީގައި ވަނީ ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ ހަތަރު މަގާމެއް ހުސްވެފައިވާތީ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ނަން ހިމަނުއްވާފައެވެ.

އެ ބޭފުޅުންނަކީ:

1. ޙަސަން ޒުހައިރު މުޙައްމަދު، ގ.މާވާރުލު

2. ޢާއިޝަތު އާދަމް، ރިވެލި / ރ.އަލިފުށި

3. އިބްރާހީމް ޝަރީފް، ގ.އަލިޝާ

4. އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް، ގަސްދޮށުގެ / ގއ.ނިލަންދޫ

5. އަޙްމަދު ސަޢީދު، މ.ފަތްކޯނި ހުޅަނގުބައި

6. އަލްއުސްތާޛު ޢަބްދުالله ޢަބްދުލްޙަކީމް، އަޛާން ޕެލަސް / ޅ.ނައިފަރު

7. އަލްއުސްތާޛު މުޙައްމަދު އަމީން ޒާހިރު، ނީލާ / ސ.ހިތަދޫ

8. އަލްއުސްތާޛު މުޙައްމަދު ފާރިސް ޠާހާ، ހ.ސޯސަން

9. އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ހ.ހޯސްޓްސައިޑް

10. އަލްއުސްތާޛު އަޙްމަދު ޢަލީ، ހުޅުމާލެ.ފްލަޓްނަންބަރު 01-ޖީ-108

11. އަލްއުސްތާޛު ޢަލީ ރިޟާ އިސްމާޢީލް، ހުޅުމާލެ.ހިޔާ 03-13-2

12. އަލްއުސްތާޛާ ފާޠިމަތު ޝަފީނާޒް، ހުޅުމާލެ. ގޯތި ނަންބަރު 11021

13. އަލްއުސްތާޛު މަޖީދު ޢަލީ، މަތަރަސްމާގެ، ގއ.ދާންދޫ

ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މަގާމު ހުސްވީ، މައްސަލަތަކެއް ބެލުމަށްފަހު ޓްރައިބިއުނަލްގެ މެންބަރު އިސްމާޢީލް ސާޖިދު ފިޔަވައި ދެން ތިއްބެވި 4 މެންބަރުން މަގާމުން ވަކިކުރުމަށް މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމުން މިދިޔަ އޮގަސްޓުމަހުގައި އެ މެންބަރުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު