އާދިއްތަ, November 1
ޓީޗަރަކު، ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރަނީ

ދެކުނުގެ ރަށެއްގައި ޓީޗަރަކު، ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މ، ފ، ދ، ތ އަދި ލ.އަތޮޅުގައި ހިމެނޭ ރަށެއްގައި ސްކޫލުގެ ފިރިހެން ޓީޗަރަކު، ދަރިވަރުން އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމްކޮށްފައިވާ މައްސަލައެއް ހުށަހަޅިފައިވާ ކަމަށެވެ.

މި މަހުގެ 17 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލާގެ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު