އާދިއްތަ, November 1
އަމާޒަކީ މި ހަފުތާގެ ތެރޭގައި އޮޑިވެރީންނަށް ފައިސާ ޖަމާކުރުން: މިފްކޯ

މަސްވެރިންނަށް ކިރުވި މަހަށް ނުދެވި ހުރި ފައިސާ ޖަމާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އަމާޒަކީ މި ހަފުތާގައި އޮޑިވެރީންނަށް ފައިސާ ޖަމާކުރުން ކަމަށް މިފްކޯއިން މިއަދު ބުނެފިއެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 28 ސެޕްޓެމްބަރުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ދެމެދު މަސްވެރިން ކިރާފައިވާ މަހަށް 9.1 މިލިއަން ރުފިޔާ ދޭން ޖެހެއެވެ.

ނަމަވެސް ފައިސާ ޖަމާނުކުރެވި ލަސްވަނީ މަސްވެރިކަން ދަށްވެ، ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން ކަމަށް މިފްކޯއިން ބުނެފައިވެއެވެ.

މިފްކޯގެ ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރު އެ ކުންފުންޏަށް މަސް ކިރާފައިވާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މިފްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޕެންޑިންގ ގައި ހުރި ފައިސާ ވީ އެންމެ އަވަހަކަށް ހޯދައި، މި ހަފުތާގައި ޖަމާކުރެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި އަމާޒަކީ މި ހަފުތާގެ ތެރޭގައި އޮޑިވެރީންނަށް ފައިސާ ޖަމާކުރެވޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު