އާދިއްތަ, November 1
އަލަށް އިމާރާތްކުރާ 55 ކައުންސިލް ތެރޭގައި ކެންދޫ ކައުންސިލްގެ އާ އިމާރާތް ހިމަނަނީ

އަލަށް އިމާރާތްކުރާ 55 ކައުންސިލް ތެރޭގައި ކެންދޫ ކައުންސިލްގެ އާ އިމާރާތް ހިމަނަން ނިންމައިފިއެވެ.

ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު މިއަދު ވަނީ ކެންދޫ ކައުންސިލާ ބައްދަލުކުރައްވައިފައެވެ.

މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވަނީ، އަލަށް އިމާރާތްކުރާ 55 ކައުންސިލް ތެރޭގައި ކެންދޫ ކައުންސިލްގެ އާ އިމާރާތް ހިމަނައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ހަމައެއާއެކު ރަށުގެ ލޭންޑްޔޫސް ޕްލޭނާއި، ރަށުގެ މަގުތަކުގެ މައްސަލައާއި އަދި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު