އާދިއްތަ, November 1
ވައިގެ މަގުން އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ މި ތަކެތި އަތުލައިގަތީ އިއްޔެ ވައިގެ މަގުން ބެންކޮކުން އައި އުމުރުން 33 އަހަރުގެ ފިރިހެނެއްގެ ލަގެޖުން ކަމަށެވެ.

އެ ތަކެތީގެ ބަރުދަނުގައި 1.86 ކިލޯ ހުރި ކަމަށާއި، އެ ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން އަންދާޒާ ކުރާ ގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 3,348,000 ރުފިޔާއަށް އަރާނެއެވެ.

މި ތަކެއްޗާއި ފަސިންޖަރު ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ކަސްޓަމްސްއިން ވަނީ މި މަހުގެ 15 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.05 ކިލޯގެ ހެރޮއިން އަތުލައިގެންފައެވެ. އެ ތަކެތި ފެނުނީ ރާއްޖެ އައި އިންޑިއާ ދެމަފިރިއެއްގެ ލަގެޖުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު